އިސްރާއިލް ސިފައިން ފަލަސްތީނުގެ ބިމުގައި- ފޮޓޯ: އަލް ޖަޒީރާ / އަލްޖަޒީރާ
ދުނިޔެ
އަލް އަމާލް ހޮސްޕިޓަލް މުޅިން ހިދުމަތުން ބޭރުކޮށްލައިފި
Fathmath Reem
ފާތުމަތު ރީމް
31 ޖެނުއަރީ 2024
ޣައްޒާ

އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޚާން ޔޫނިސްގެ އަލް އަމާލް ހޮސްޕިޓަލްގެ ކޮމްޕައުންޑަށް ވަދެ އެ ހޮސްޕިޓަލް މުޅިން ހިދުމަތް ކަޑާލައިފައެވެ.

އަލް އަމާލްގައި ހަނގުރާމަ ފެށުނީއްސުރެ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދުމަށް އެ ކޮމްޕައުންޑްގައި ވަކި އިމާރާތެއް ވެސް ހުންނަކަން ފާހަކޮށްލެވެއެވެ.

އެ ކޮމްޕައުންޑްގައި ހިމެނެނީ އަލް އަމާލް ހޮސްޕިޓަލުގައި ހިންގާ ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ މައި އޮފީސްގެ އިތުރުން އެމަޖެންސީ އަދި އެމްބިއުލާންސް ޑިޕާޓްމަންޓަށް އިމާރާތެއް ވެސް ހުރެ އެވެ.

އެހެންނަމަވެސް އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެ ކޮމްޕައުންޑަށް ވަނީ ވަރުގަދަ މެޝިންގަން ބަޑިތަކާއި ޓޭންކް ޝެލްތަކުގެ ދަށުގައި ތޫފާނެއް އަރައި 10 މީހަކު ޒަހަމްވެފައިވެ އެވެ. އަދި ހަމައެހެންމެ ހޮސްޕިޓަލް ތެރޭގައި ޒަހަމް ވެފައިވާ ބައެއް މީހުންގެ ފުރާނަ ގެއްލިފައިވަނީ ނާސިރު ހޮސްޕިޓަލަށް ނުވަތަ އެނޫންވެސް ހަރަކާތްތެރިވާ ތަންތަނަށް ގެންދެވޭނެ ގޮތެއް ނެތުމުންކަމަށް މައުލޫމާތު ދީފައިވެއެވެ.

އަލްއަމާލް ހޮސްޕިޓަލް ގައި ފާއިތުވި ދުވަސްތަކުގައި ޔަހޫދީ އިޒްރާއިލް އަސްކަރީ ވަށާލުމުގެ ސަބަބުން ވަނީ ހޮސްޕިޓަލްގެ ހިދުމަތް ކެޑިފައެވެ. އެގޮތުން މެޑިކަލް އިންޓަރވެންޝަނަކަށް ބޭނުންވާ އެއްވެސް މެޑިކަލް ސާމާނެއް ނެތެވެ. އަދި ފިއުލް ވެސް ނެތުމުން ކަރަންޓް ޖަނަރޭޓަރުތަކުގެ ތެރެއިން އެއްވެސް ޖަނަރޭޓަރެއް ނުހިނގާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމުގެ ސަބަބުން ހޮސްޕިޓަލުގެ ތެރޭގައި ޒަޚަމްވި މީހުންނަށް ބޭނުންވާ މެޑިކަލް އިންޓަރވެންޝަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ވަނީ ދަތިތަކާ ކުރިމަތި ލާން ޖެހިފައެވެ.

އޮކްތޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިޒްރާއިލުން ފަލަސްތީނަށް ދެމުންއަންނަ ހަމަލާތަކުގައި މިހާތަނަށް 26،751 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި 65،636 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބި ޒަޚަމްވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved