March 27, 2026
Advertisement
ރައީސް މުއިއްޒު އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްްރާ މޯދީ އާއެކު
ރައީސް މުއިއްޒު އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްްރާ މޯދީ އާއެކު / ރައީސް އޮފިސް

ސަލާމުގެ ނާށިގަނޑާއެކު ރައީސް މުއިއްޒު އިންޑިއާއަށް މިމަހު 6 ގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 4, 2024, 09:46 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އަވައްޓެރި ގައުމު އިންޑިޔާއަށް ސަލާން ޖެހުމަށްޓަކައި ވަޑައިގަންނަވަނީ މިމަހުގެ 6 އިން 10އަކަށް ކަމަށް ހާމަކޮށްފިއެވެ.

Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމަހުގެ 6 އިން 10 އަށް ރައީސް މުއިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ފުރަމާނ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައީސް އަދި އެހެން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ހީނާ މިހެން ވިދާޅުވެފައިވީ ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ރަންދިރު ޖައިސްވާލް ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވަނީ އޮކްޓޯބަރު 7، ގައި ކަމަށެވެ.

އިންޑިއާގެ ހިންދުސްތަން ޓައިމްސް އިން ކުރިން ބުނެފައިވަނީ ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ. އަދި 8 ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރާއެކު، ރައީސް މުއިއްޒު މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫހުގައިި ވަނީ ބުނެފައެވެ.

އެގޮތުން އިންޑިޔާ ހިންދުސްތަން ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެެވެ. އަދި އޭގެއިތުރުން ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް، އިންޑިއާއިން ވެދެވެން އޮތް އެހީތެރިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ހުށަހެޅުންތަކެއް، އިންޑިއާ ސަރުކާރަށް ހުށަހަޅާނެކަމަށް ބެލެވޭކަމުގައި އެ ނޫހުގައި ބުނެފައިވެ އެވެ.

އިންޑިޔާއަށް ރައީސް މުއިއްޒު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުން ސަލާން ޖެހުމައްޓަކައި ކަމަށް އެ ގައުމުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved