ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް، 28 ފަރާތަކަށް ހަވާލުކޮށްފިއެވެ.
މި މެޑަލްތައް ދީފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.
މިފަހަރުގެ ޖަލްސާގައި މެޑަލް ދެއްވާފައިވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކުރި މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ހާސުިލްކުރި މީހުންނަށެވެ.
ޤުރުއާން ހިދުދަސްކުރާ މީހުންނަށް ސަރުކާރުން މެޑަލް ދިނުމަށް ހަމަޖައްސާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު 3 ފަރާތަކުން ހާފިޒްކަމުގެ މެޑަލް ހާސިލްކުރިނަމަވެސް އަހަރުން އަހަރަށް ޤުރުއާން ހިތުދަސްކުރާ މީހުންގެ އަދަދު އަންނަނީ، އިތުރުވަމުންނެވެ.