March 27, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޔަހޫދީންނަށް މަރުޚަބާ ކިޔާނެކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ފެނިގެންދަނީ ރައީސް މުއިއްޒުގެ އަސްލު ސޫރަ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Oct 6, 2024, 04:40 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަސްލު ސޫރަ މިހާރު ފެންނަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފުން ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަަދައްކަވަމުންނެވެ.

އެގޮތުން ޔަހޫދީންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވާތީ އެކަމަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެވާހަކައަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެއަށް ޔަހޫދީން ގެންނަން ނޫޅުމަށާއި ޔަހޫދީން ދިމްޔާތަށް ގެންދިޔުން މާ ރަނގަޅު ވާނެ ކަމަށެވެ.

މިހާރު މި ނިކުންނަނީ މީހާގެ އަސްލު ސޫރަ. ހިތްޕުޅުގައި އޮންނަ ވާހަކަ މި ނިކުންނަނީ. ލިޔެފައި ފޮތެއް ހިފައިގެން އެރުވީމާ ދައްކާ ވާހަކައާއި އިންޓަވިއުއެއް ދިނީމަ ދައްކާ ވާހަކަ ތަފާތު. ކޮބާހޭ ރަނގަޅު ގޮތަކީ؟ ރަނގަޅު ގޮތަކީ ހިތުގެ ޝުއޫރާއެކީ އަންނަނީ އިންޓަވިއުގައި ދައްކާ ވާހަކަ. އެއީ ބަލައިގެން ކިޔާނެ ފޮތެއް ނެތް. އެހެންވީމަ މިހެން ވާނީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މިހާރު އުޅުއްވަނީ ހުރިހާ އެއްޗެއްގައި "ބައްދާ" ޖަހައިގެން ކަމަށާއި ނަމަވެސް މިގޮތަކަށް މިކަންކަން މަސައްކަތް ނުކުރާނެ ކަމަށެވެ.

އެގޮތުން ދައުލަތުގެ އެންމެ އިސްވެރިން ދައްކަވާ ވާހަކަތައް ރައްޔިތުން ބަލާނެ ކަމަށާއި އެ ބޭފުޅާއާ މެދު ރައްޔިތުންގެ އުއްމީދުތަކެއް ހުރިއިރު ވެފައިވާ ވައުދުތަކުގައި ކޮޅުފައިން ނުޖަހައި އެ ވައުދުތައް ފުއްދުމަށް ރައީސް ޔާމީން ގޮވާލެއްވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved