March 27, 2026
Advertisement
މެންބަރު އައްބާސް
މެންބަރު އައްބާސް / ސޯޝަލް މީޑިއާ

މިހާ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ވެރިކަމެއް ނުދެކެން: މެމްބަރު އައްބާސް

Aishath Naja
އައިޝަތު ނަޖާ
Oct 7, 2024, 05:07 PM
މާލެ ސިޓީ

މިހާ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ވެރިކަމެއް ފާއިތުވި ސަތާރަ އަހަރުވެސް ފެނިފައިނުވާކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އޭނާ ވިދާޅުވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ފެންނަން ނެތްކަމަށެވެ.

ފަންސަވީސް ރަށަށް ދަތުރު ކުރެވުނުއިރު ސަރުކާރު ރަނގަޅޭ ބުނި އެއްވެސް މީހަކާ ދިމާނުވިކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް މެމްބަރު އައްބާސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަށާފައި ހުރި ހުރިހާ ޕްރޮޖެކްޓެއް ހުރީ ހުއްޓިފަކަމަށާއި އަލުން އާ ކަމެއް ނުކުރެވުނުތާންގަ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުން ގެ މުސާރަ އާއި އިނާޔަތް ކުޑަކުރުމުގެ ސަބަބުން އާއިލާތައް ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފަކަމަށެވެ.

އުންމީދު ކުރައްވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ހަމައަކަށް އެޅި ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު
ކޮމެންޓްތައު
Tedhuveriyaa
Oct 8, 2024, 05:18 AM
V bodu hageegatheh
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved