April 22, 2026
Advertisement
ބްރޮޑްކޮމްގެ ބައެއް މެމްބަރުން، ރައީސާ އާ އެކު
ބްރޮޑްކޮމްގެ ބައެއް މެމްބަރުން، ރައީސާ އާ އެކު / ސޯޝަލް މީޑިއާ

"ބެލްކަނީ" ޑޮކިއުމެންޓްރީއާ ގުޅިގެން ބްރޮޑްކޮމްގެ ސިޓީއެއް ޗެނަލް 13އަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 7, 2024, 10:49 PM
މާލެ ސިޓީ

މި އަންނަ ހުކުރު ދުވަހުގެރޭ ޗެނަލް 13 އިން ދުރަށް ދެއްކުމަށް ނިންމާފައިވާ "ބެލްކަނީ ޑޮކިއުމެންޓްރީއާ ގުޅިގެން ބްރޮޑްކޮމުއިން ނަސޭހަތުގެ ސިޓީއެއް އެ ޓީވީ ސްޓޭޝަނަށް ފޮނުވައިފިއެވެ.

Advertisement

މިކަމާ ގުޅިގެން ޗެނަލް 13 ގެ ސީއީއޯ އިސްމާއިލް ސޮފްވާން ވިދާޅުވީ، މި ޑޮކިއުމެންޓްރީއާ ގުޅިގެން ބްރޮޑްކޮމްއިން އެ ޓީވީ ސްޓޭޝަނަށް ފޮނުވި ސިޓީގައިވަނީ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު އިމާރާތެއްގެ މަތިން ވެއްޓި ނިޔާވީ ޒުވާނާގެ މަރާ ގުޅިގެން ޗެނަލް 13އިން ދުރަށް ދެއްކުމަށް ނިންމާ އިޝްތިހާރު ކުރަމުން އަންނަ "ބެލްކަނީ" ޑޮކިއުމެންޓްރިއާ ގުޅިގެން އާއިލާގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ކަންބޮޑުވުން ފާޅުކޮށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަން އެ މުއައްސަސާއިން ބްރޮޑްކޮމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ޚައްސާސް މައްސަލައެއް ބްރޮޑްކާސްޓުކުރާއިރު، ބްރޮޑްކާސްޓު ކުރުމުގެ ގާނޫނާ އެތިކްސްއާ ޚިލާފުނުވާނެހެން ބްރޮޑްކާސްޓުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބްރޮޑްކޮމް އިން ފޮނުވި ސިޓީ
ބްރޮޑްކޮމް އިން ފޮނުވި ސިޓީ

"ބެލްކަނީ" ޑޮކިއުމެންޓްރީއަކީ 14 އޮގަސްޓުގައި ނިޔާވި ވިފާގު އިބްރާހިމު އަދުނާނުގެ މަރާ ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ޗެނަލް 13 ގެ މެނޭޖުމަންޓުން "ތޭރަ އޮންލަން"އަށް މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved