މުއިއްޒު / ސޯޝަލް މީޑިއާ
ސިޔާސީ
އިންޑިއާ އައުޓް ގޮވަމުން ދިޔަ މުއިއްޒު އިންޑިއާއަށް ދިޔައީ އިންޑިއަން މިލިޓަރީ ފްލައިޓެއްގައި
Aminath Zara
އައިމިނަތު ޒާރާ
08 އޮކްޓޯބަރު 2024
މާލެ ސިޓީ

އިންޑިއާ އައުޓް ގެ ނަމުގައި ބޮޑު ސްކޭމް ކެމްޕޭންއާއިއެކު ވެރިކަމަށް ވަޑައިގެންނެވި ޑރ މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރެއްވީ އިންޑިއަން މިލިޓަރީ ފްލައިޓެއްގައި ކަމަށް ހާމަވެއްޖެއެވެ.

މުއިއްޒުއަކީ މިފަހުގެ ތާރީޚުގައި ރާއްޖޭގެ ވެރިކަމަށް ހޮވުނު އެންމެ ދޮގު ހަދާ، އެންމެ އަވަހަށް ވައުދުތަކާއި ޚިލާފުވި ރައީސްގެ ގޮތުގައި ސިޔާސީ ގިނަ ބޭފުޅުން އަންނަނީ ބުނަމުންނެވެ.

މިގޮތުން އިންޑިއާ އައުޓް ގޮވުން ފަދަ ކަންކަން ހުއްޓާލުމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު އަންނަނީ މިހާރު ބުނަމުންނެވެ.

އިންޑިއާގެ ދަތުރުގައު ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، އިންޑިއާއަށް ބަރޯސާ ނުވުމަށާއި އިންޑިއާއަށް އަޅުވެތިނުވުމަށް ސަރުކާރުގެ ތިއްބެވި އިސްވެރިންވެސް އޭރު ދިޔައީ ބޮޑެތި ޕޯސްޓްތައް ކުރަމުންނެވެ.

އިންޑިއާ ސިފައިން ބޭރުކޮށްލި ކަމަށް ބުނެ އޮޅުވާލާފައިވާއިރު، އެމީހުން “ ލެޖިޓަމައިޒް” ކޮށް ބެހެއްޓުމަށް އައްޑޫގައި ކޮންސިއުލޭޓް އެއް ގާއިމުކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ފަސް އަހަރު ނިމޭއިރު މި ސަރުކާރުން ދިވެހިރާއްޖެ އިންޑިއާއަށް ވިއްކާލާނެ ކަމަށް ގިނަ ބަޔަކު މިހާރު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved