
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ފެންނަނީ މުޅިންވެސް ކޮންފްރަންޓޭޝަނަލް އެޓިޓިއުޑް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ އިސްގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނި އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިން ފެނިގެން މިދަނީ މުޅިންވެސް ކޮންފްރަންޓޭޝަނަލް އެޓިޓިއުޑް ކަމަށާއި މިފަދަ އަމަލު ތަކުން ފޫނުބެދޭ ވަރުގެ ގެއްލުުން ދުސްތޫރީ ނިޒާމަށް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން ޑރ ޖަމީލް މިފަދައިން ވިދާޅުވި ސަބަބުތައްވެސް ބަޔާން ކޮށްފައިވެއެވެ.
ރައީސް ޔާމީންއާ މެދު އަމަލުތައް ބައްޓަން ކުރެއްވި ގޮތާ، މިހާރަކަށް އައިސް ހިނގަމުންދާ ގޭންގު ހަރަކާތްތަކުގެ އިތުރުން ރުހުން ނުލިބޭ ވަޒީރުން ޗެލެންޖްކޮށްފައި އަނެއްކާ އެޕޮއިންޓް ކުރެވޭ ނިޒާމެއް ނެތުން ފަދަ ކަންކަން ހިމެނެއެވެ.










