
ނިރުބަވެރި ޔަހޫދީން ޣައްޒާގެ ހޮސްޕިޓަލަކަށް ވަދެ 3 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޓްވިޓާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން، ނިރުބަވެރިން ހަތިޔާރާއެކު އެ ހޮސްޕިޓަލަށް ވަދެފައިވަނީ، ޑޮކްޓަރުންގެ ޔުނީފޯމް ލައިގެންނެވެ.
އެގޮތުން އެ ޓްވީޓުގައި ބުނާ ގޮތުން ޔަހޫދީން ވަނީ ހޮސްޕިޓަލަަށް ވަދެ، 3 މީހަކު ޝަހީދުކޮށްލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިރުބަވެރިން ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން އެކަކަކީ ކޯމާގައި އޮތް ބަލި މީހެކެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާގައި މިހާތަނަށް 26،000 އަށް ވުރެ މައްޗަށް ޝަހީދުންގެ އަދަދު ވަނީ އަރާފައެވެ.
މި ހަމަލާތަކުގައި 65،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި ޒަހަމްވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ފާހަގަކޮށްލެވެއެވެ.










