
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) މަތިބަރު، ރައްޔިތުންނަށް ހިދުމަތް ނުދޭ ކުންފުންޏެެއްގެ ގޮތުގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު ސިފަކުރައްވާ ފާޑުވިދާޅުވެއްޖެ އެވެ.
ހުސައިން އެޗްޑީސީއަށް ފާޑުވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހުސެން ޕޯސްޓްގައި އެފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގުބައްތި ހަރުނުކޮށް އެ ސަރަހައްދު އަނދިރިކޮށް އޮންނަ މައްސަލާގައި މީހަކު ވަޓްސްއެޕް ގްރޫޕެއްގައި ކޮށްފައިވާ މެސެޖެއްގެ ސްކްރީންޝޮޓެއް ވެސް ހިއްސާކުރެއްވުމަށްފަހުގައެވެ.
ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ސަރުކާރުގެ ކުންފުންޏަކަށް އެފަދައިން ފާޑުކިޔުމާއި ގުޅިގެން އާންމުން ވެސް އަންނަނީ އެޗްޑީސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ހުސައިން މިފަދައިން ވިދާޅުވެފައިވާއިރު ހުސައިންގެ ހަގު އަންހެނުންނަކީ ވެސް އެޗްޑީސީގެ 35،000ރ ގެ މުސާރަ ލިބޭ ވަޒީފައެއް އަދާކުރާ ފަރާތެކެވެ.










