March 22, 2026
Advertisement
ޕީއެންއެފްގެ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ
ޕީއެންއެފްގެ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ / ސޯޝަލް މީޑިއާ

ރައީސް ޔާމީންއާ އެކު މާދަމާ ރޭ ޕީއެންއެފްގެ ޖަލްސާއެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 13, 2024, 05:57 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާ ރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި އޮންނާނެ ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީގެ ފަރާތުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މާދަމާ ރޭ (14 އޮކްޓޯބަރު 2024) ވާ ހޯމަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ވަރަށް ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާ ޖަލްސާ ފެށޭނީ ރޭގަނޑު 8:45 ގައި ކަމަށެވެ.

އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ހަސަން
Oct 13, 2024, 07:51 PM
ވަރަށްވެސްރަގަޅު ތިކުރާ މަސައްކަތައް އަޅުގަޑުވަރައްތާއީދު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved