ފޮތް މައުރަޒުގައި ހުރި ކުރެހުންތައް / ސޯޝަލް މީޑިއާ
ހަބަރު
ނޮވެލްޓީ ފޮތް މައުރަޒުގައި ކުޑަކުދިންނަށް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރާ ފޮތް ވިއްކަނީ
Aminath Zara
އައިމިނަތު ޒާރާ
14 އޮކްޓޯބަރު 2024
މާލެ ސިޓީ

އޮކްޓޯބަރޔު 10 ވަނަ ދުވަހު ފެށިގެން ދިޔަ "ނޮވެލްޓީ ފޮތް މައުރަޒު" ގައި ކުޑަކުދިންނަށް އެއް ޖިންސުން ގުޅުން ހިންގުމަށް ޕްރޮމޯޓް ކުރާ ފޮތް ވިއްކާ ކަމަށް ބުނެ މީސްމީޑިޔާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނޮވެލްޓީ ބުކްޝޮޕްގައި ނަޞާރާ ދީނަށް ނިސްބަތްވާ ފޮތްތަކެއް ހުރި ކަމަށް ބުނެ މީގެ ކުރިންވެސް ވަނީ އަޑު ފެތުރިފައެވެ. އެފަހަރު ވަނީ އާންމުންގެ ނުރުހުން އަމާޒުވުމާއި ގުޅިގެން ވިއްކުމަށް ޑިސްޕްލޭގައި ހުރި ފޮތްތައް ނަގާފައެވެ.

ދީނާއި ގައުމު ހިމާޔަތް ކުރުމަށް ވެރިކަމަށް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އިސްލާމްދީނާއި ދެކޮޅު ސިޔާސަތުތައް ފަތުރާ މީހުން އަންނަނީ ގިނަވަމުންކަން ފާހަގަކުރެވިފައިވެއެވެ.

މިދިޔަ ސަރުކާރުގައިވެސް ދީނާއި ޚިލާފު މައްސަލަތައް އުފެދި ފިޔަވަޅެއް ނޭޅުމުން އެންމެ ފާޑުކިޔާފައިވަނީ މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް ވީ ހިނދު މިހާރު މިފަދަ މައްސަލަތައް ފެންމަތިވަމުން ދިޔުމަކީ އިސްލާމްދީނަށް މި ސަރުކާރުން އެއްވެސް އަހައްމިޔަތުކަމެއް ނުދޭ ކަމެއްކަން ހާމަވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved