March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

ޕްރައޮރިޓީ ހައި ކުރަންޖެހޭ މައްސަލަތައް މި ސަރުކާރަށް ވަނީ އޮޅިފައި: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Oct 15, 2024, 04:45 PM
މާލެ ސިޓީ

ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނުގެ މަރާއި ގުޅިގެން "ޗެނަލް 13" އިން ހާމަކުރިއިރު ދޮންބައްޕަގެ ޖިންސީ ޝިކާރައަކަށް ވިފާގް ވެފައިވާ ވާހަކަ ފުލުހުންގެ އިދާރާއިން ދޮގުކޮށް ނޫސްބަޔާން ދީފައިވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވަނީ ފުލުހުންގެ އިދާރާގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement

ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާ އެ އިދާރާއިން ސީރިއަސް ހާދިސާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި މި ހާދިސާގައި ހިމެނޭ ފަރާތްތަކާއި ސުވާލު ކުރި ކަމަށް އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާކަން ރައީސް ޔާމީން ވިދާޅުވިއެވެ.

ޗެނަލް 13 އިން މި ރިޕޯޓް ނެރުނު ފަހުން މިވީ ދުވަސްކޮޅުގައި ފުލުހުންގެ އިދާރާއިން ނެރުނު އެއްވެސް ބަޔާނެއްގައި މި މައްސަލައިގެ ތަހުގީގު ސީރިއަސްކޮށް ކުރާ ކަމާއި، މީގެ ތުހުމަތު ކުރެވޭ މީހުންނަށް ސުވާލުކުރާ ކަމުގެ އެއްވެސް ވާހަކައެއް ނެތް.

ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް، އެތަން މިތަނުން ގާނޫނާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހައްޔަރުކުރާ މިންވަރުގެ ސްޓެޓިސްޓިކްސް ކޮންމެ ދުވަހަކު އާންމުކޮށް މެޑަލް ޖެހުން ނޫން ކަމެއް ހޯމް މިނިސްޓްރީ އާއި ތަހުގީގީ އިދާރާތަކުން ނުކުރާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ޕްރިއޮރިޓީ ދީގެން ބަލަން ޖެހޭ ކަންކަން މި ސަރުކާރަށް މިހާރު އޮޅިފައިވާ ކަމަށް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved