March 22, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން
ކުރީގެ ސީޕީ ހުސެއިން / ތޭރަ އޮންލައިން

ހުސެއިން ސަރުކާރަށް: ޚަރަދު ކުޑަކުރަން ރައީސް ޔާމީންގެ ދައުރުގައި ނެންގެވި ފިޔަވަޅުތައް ނަންގަވަން ހިތްވަރު އެބަ ހުރިތޯ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 18, 2024, 08:26 PM
މާލެ ސިޓީ

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކި ކަންކަން ކުރަމުންދާކަމަށް އިއުލާންކުރަމުން ގެންދާއިރު، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ޚަރަދު ކުޑަކުރަން ނެންެގެވި ފިޔަވަޅުތައް ނަންގަވަން ކެރިވަޑައިގަންނަވާތޯ އައްސަވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ ވަރުގަދަ ޗެލެންޖެއް މި ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ހުސެއިން އެފަދައިން ޗެލެންޖެއް ސަރުކާރަށް އަމާޒުކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ، 228 މީހަކު ސިޔާސީ މަގާމުތަކުން ދުރުކުރަން ނިންމުމުން ހާމަވަނީ އެއީ ކުރިންވެސް ބޭކާރު ގޮތުގައި މުސާރަ ދީފައި ބޭތިއްބި ބައެއް ކަމަށާ ނަމަވެސް ދީފަ އަތުލުމުން އެއާއިލާތައް ވެސް ބިކަވާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު އަމިއްލަފުޅު އެޖެންޑާއެއް ހާސިލްކުރުމަށް ޕީޕީއެމް / ޕީއެންސީގެ ނިކަމެތި މެމްބަރުންގެ ބޭނުން ނަހަމ ގޮތުގައި ހިފުމަށް ފަހު މަގުމައްޗަށް ނަގާ އެއްލާލަން އުޅޭއިރު ރައިީސް މުއިއްޒުގެ އިސްނެންގެވުމާ އެކު ދައުލަތުގެ ކަރަދު ކުޑަކުރުމުގެ މިސާލެއް ދެއްކިއްޔާ ކީއްވެ ވާނެތޯ ހުސެއިން ވަނި އައްސަވާފައެވެ.

އެގޮތުން ހުސެއިން ނަޒަރު ހިންގަވާލެއްވީ ރައީސް ޔާމީންގެ ޒައާމަތުގައި ކަރަދުތައް ކުޑަކުރަން ޖެހުމުން އެމަނިކުފާނު ދެއްކެވި ފުރިހަމަ މިސާލެވެ. އެގޮތުން އެމަނިކުފާނަށް ނުރައްކާ އޮތްކަން ހާމަވެ ހިލާލީ ގެއަށް ބަދަލުވުމާ ހަމައަށް ވެސް ނެންގެވީ މުސާރައިގެ ދެބައި ކުޅަ އެއްބައި ކަން ފާހަގަކުރައްވާ ހުސެއިން ވަނީ ރައީސް މުއިއްޒަށް އެހެން ކުރައްވަން ކެރިވަޑައިގަންނަވާނެ ތޯ އައްސަވާފައެވެ.

ޕީޕީއެމް ÷ިއެންސީގެ މެމްބަރުންގެ ތެރެއިން 228 މީހަކު މަގުމަތި ހަމަ އެކޮށްލަނީ. ރައީސް ޔާމީންގެ ޒައާމަތުގައި މާލީ ހާލަތު ދަށް ވުމުން އެމަނިކުފާނު ނެންގެވީ މުސާރައިގެ ދެބައިކޮށްފަ އެއްބައި. ހިލާލީ ގެއަށް ބަދަލުވުމާ ހަމައަށް ވެސް. މި ސަރުކާރުގެ އެ ހިތްބަރު އެބަހުރި ހެއްޔޭ ރައީސް ޔާމީން އޭރުގަވީ ވަރުގެ ގުރުބާނީއެއް ވެފައި މުސާރައިގެ ދެބައިކޮށްފަ އެއް ބަޔަށް އެގްރީ ވެލަން ވެސް.

ހުސެއިން

މީގެ އިތުރުން 228 މީހުން ވަކިކުރަން ރައީސް މުއިއްޒު އިއުލާންކުރި ކުރުމަކީ އަމިއްލަފުޅު ވަރަށް ބޮޑު ވެއްޓުމެއްގެ ގޮތުގައިވެސް ހުސެއިން ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ހަސަން
Oct 18, 2024, 09:50 PM
ސާބަހޭ،ޕޮލިސްހުސެން،އަޅުގަޑުމެންގެރައީސްޔާމީނުގެވެރިޔެއް،ދެންނުލިބޭނެ،އަދިވެސްއަޅުގަޑަށްފެންނަނީ އެމަނިކުފާނު ހޮވުމަށް އޭރުންރާޖޭގެ އެއްމެހާލޮބުވެތިރަތްއިތުންހިތްހަމަޖެހޭނީ،ރަތްއިތުންއަދިވެސްފެންނަނީ،ރައީސްޔާމީނު،އެމަނިކުފާނުބަހައްޓަން،،
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved