March 19, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ފަޒުލްއަށް ފިޔަވަޅު އެޅުމަށް ޑރ ޖަމީލް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Oct 19, 2024, 06:28 PM
މާލެ ސިޓީ

ހުޅުމާލެއިން ގޯތިތަކެއް ވިއްކި މައްސަލަ ތަހުގީގުކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލުން އޮންނަ ކަމެއްކަމަށް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ޚާއްޞަ އުސޫލަކީ ގާނޫނުން ބޭރު ކަމެއްކަމަަށާ ފަޒުލް ހިންގާ ކޮރަޕްޝަން ބެލުމަށް ޑރ ޖަމީލް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ދިވެހި ފުލުހުންގެ ހިދުމަތައް މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ފަޒުލް ހާއްސަ އުސޫލެއްގެ ދަށުން އޭނާގެ އަންހެނުން އަދި އިތުރު ފަސް މީހަކަަށް ބިން ވިއްކި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved