ނާޒިލް / ސޯޝަލް މީޑިއާ
ސިޔާސީ
ބަންކަރިން ޚިދުމަތަށް ގެނައި ބޯޓު ކައިރިއަށް މަސް ބާނަން ދާން ރައްޔިތުން ތައްޔާރުވާކަމަށް ނާޒިލް ވިދާަޅުވެއްޖެ
Aminath Zara
އައިމިނަތު ޒާރާ
19 އޮކްޓޯބަރު 2024
މާލެ ސިޓީ

މި ސަރުކާރުން ބަންކަރިންގ ގެ ޚިދުމަތަށް ގެނައި ބޯޓުން ޚިދުމަތެއް ނުދެވި، އެ ބޯޓު މިހާރު ފެހި ޖަހަން ފަށާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ބުނެފިއެވެ.

ނާޒިލް މިހެން ބުނެފައިވަނީ އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން މިހާތަނަށް އެ ބޯޓުން ޚިދުމަތް ހޯދައިވަނީ އެންމެ އުޅަނދެއް ކަމަށާއި އެވެސް ކްރޫ ބަދަލު ކުރުމަށް ކަމަށް ނާޒިލް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި ބަންކަރިންގެ ޚިދުމަތަށް ގެނައި ބޯޓު ފެނިފައިވާ ކަމަށާއި އެ ރަށު ގިން ރައްޔިތުންވެސް އެ ބޯޓު ކައިރިއަށް މާނިޔާ މަސް ބޭނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ރަށު ރައްޔިތުން ބުނެފައިވާ ކަމަށް ވިދާޅުވެ ނާޒިލު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއާއި އެކު މި ސަރުކާރުގެ ވިސްނުމަކީ ބަންކަރިންގެ ޚިދުމަތުން ފައިދާއެއް ލިބެނީ 400 މިލއިން ޚަރަދުކޮށްގެންކަމަށް ނާޒިލު ފާހަގަކުރެއްވިއެވެ.

400 މިލިއަން ފައިދާވަނީ 400 މިލިއަން ޚަރަދުކޮށްގެން.ވިޔަފާރީގައި މިއަށްވުރެ ބޮޑު ފައިދާއެއް އޮތް ވާހަކައެއް މިހާތަނަށް ދުނިޔޭގެ އެއްވެސް ނުދައްކާނެ.

- ނާޒިލު ބުންޏެވެ.

ސަރުކާރުގެ މި މަޝްރޫއަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ އިރު މި މަޝްރޫއު އިން ފައިދާއެއް ކުރުވަނިވި އެއްވެސް ޚިދުމަތެއް މިހާތަނަށް ފޯރުކޮށްދީފައިނުވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved