April 23, 2026
Advertisement
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ
ޑރ މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގެ / ރައީސް އޮފިސް

އަންނަ މަހު 10 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 20, 2024, 09:28 PM
މާލެ ސިޓީ

އަންނަ މަހު 10 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ނޮވެންބަރު މަހުގެ 10ވާ އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހެއް ކަމަށްވުމާ އެކު، މި އަހަރު ކަލަންޑަރު ގައިވާ ގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved