April 23, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ސަރުކާރަށް ސަނާ ނުކިޔައިގެން ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަން ފަށައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 27, 2024, 05:36 PM
މާލެ ސިޓީ

ސަރުކާރަށް ސަނާ ނުކިޔައިގެން ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަން ފަށައިފި

Advertisement

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުން ވަޒީފައިން ވަކި ކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަބަދުވެސް އޮންނަ ނުރަނގަޅު އާދައެކެވެ. ނަމަވެސް ކުރިން ވެފައި ހުރި މިކަހަލަ ނުރަނގަޅު އާދަތައް ރަނގަޅުކޮށް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދީ ދިވެހީންގެ ރާއްޖެއެއް ހޯދައިދިނުމަށް އައި ބަޔަކު މާޒީ އިޔާދަކުރަމުންދާތަން މިހާރު މިދަނީ ފެންނަމުންނެވެ.

ރައީސް މުއިއްޒުގެ ދޯހަޅި ސަރުކާރަށް ސަނާ ނުކިޔައިގެން ނުވަތަ ސަރުކާރުގެ ނާގާބިލުކަމުގެ ވާހަކަ ދައްކާ ސަރުކާރަށް ފާޑު ކިޔާ ކޮންމެ މީހަކު ވަޒީފާތަކުން އަންނަނީ ވަކި ކުރަމުންކަމަށް ހޯދިފައިވެއެވެ.

މިގޮތުން، ސަރުކާރަށް ނިސްބަތްކޮށް ސަރުކާރާއި ދެކޮޅު ޕޯސްޓްތައް މީސްމީޑިޔާގައި ޕޯސްޓް ކުރުމާއި ގުޅިގެން ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު ދައްކާ، އަދި އެކި ކުންފުނީގެ ބައެއް މުވައްޒަފުން ވަޒީފާއިން އަންނަނީ ވަކި ކުރަމުންނެވެ.

ނުހައްގުން 700 އަށް ވުރެ ގިނަ ސިޔާސީ މަގާމުތައް އުފައްދާ ގައުމު ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލާ މި ސަރުކާރުން ވަނީ ދިވެހިން ބިކަކޮށްފައެވެ.

ރައްޔިތުންނަށް އޮޅުވާލާ، ރައްޔިތުން ހުރިހާ ކަމެއްގައި ސަލާން ޖެހުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved