March 11, 2026
Advertisement
ފަލަސްތީން
ފަލަސްތީން

ޣައްޒާގެ ދެކުނުގައި ބަނޑުހައި ހޫނުކަމުގެ އަލާމާތްތައް

Fathmath Reem
ފާތުމަތު ރީމް
Jan 7, 2024, 08:39 PM

އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ ދެކުނުގެ ހުރިހާ ހިސާބެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބަނޑުހައި ހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެގޮތުން ޣައްޒާގެ ދެކުނުގެ ހުރިހާ ދިމާއަކަށް ނަޒަރު ގިންގާލިޔަސް ބަނޑުހައި ހޫނުކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

އިޒްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިގެން ގޮއްސަ އެވެ.

އިޒްރާއިލުން ޖެނިންއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ 6 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑްރޯން ހަމަލާ އަމާޒުކޮށްފައިވަނީ ޖެނިން ސިޓީގެ ދެކުނުގައި ވަށައިގެންވާ މަގެއްގައި އިށީނދެގެން ތިބި ބަޔަކަށެވެ.

އަދި މި ހަމަލާގައި 6 މީހަކު ޝަހީދުވެފައިވާ ކަމަށް ގައްޒާގެ ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުގައި 22،722 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި 58،166 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބި ޒަޚަމްވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved