ޕީއެންސީ އިން އެ ޕާޓީއަށް މީހުން ވައްދަމުންދަނީ ވަޒޫފާގެ ބިރު ދައްކައިގެން ކަމަށް އެޕްޑީޕީން ތުހުމަތުކޮށްފިއެވެ.
އެ ޕާޓީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާގެ ބިރު ދައްކާ މެންބަރުން އިތުރުކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ ޕާޓީއަށް މީހުން ވެއްދުމަށް ރަސްމީ ގަޑިތަކުގައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވަމުންދާ ކަމަށާއި ރަސްމީ މަސައްކަތްތަކަށްވުރެ ޕާޓީއަށް މެންބަރުން ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެމުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީމައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީއަށް ފޯމު ފުރައި މެމްބަޝިޕްއިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި މިކަން އިތުރަށް ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.
މިއާއި އެކު ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.