April 18, 2026
Advertisement
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހިސާބެއް ސުންނާފަތިވެފައި
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހިސާބެއް ސުންނާފަތިވެފައި / ސޯޝަލް މީޑިއާ

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 27،000 އަށް ވުރެ މައްޗަށް އަރައިފި

Fathmath Reem
ފާތުމަތު ރީމް
Feb 2, 2024, 05:23 PM
ފަލަސްޠީން

އަސްރާއިލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދި 27،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

Advertisement

އިސްރާއިލްގެ ހެލްތް މިނިސްޓްރީ އިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 27،019 އަށް އަރާފައެވެ. އަދި އެކި ވަރުގެ އަނިޔާތައް ލިބި ޒަހަމްވި މީހުންގެ އަދަދު ވަނީ 66،139 އަށް އަރާފައެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުންދާ އަނިޔާ ތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ބަޔެއްގެ އާއިލާތައް ވަނީ ގެއްލިގެން ގޮއްސައެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާއްތަކަށް ލިބެންޖެހޭ އެކަށީގެންވާ ފަރުވާ ހޯދައިދިނުމަށް ވެސް ވަނީ ދަތިތަކާ ކުރިމަތި ލާންޖެހިފައެވެ.

ހަމަލާތަކަކީ ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ނިރުބަވެރި އިޒްރާއީލުން ހާމަކުރި ނަމަވެސް ހުރިހާ ހަމަލާތަކެއް އަމާޒުކުރަނީ ފަލަސްތީނުންގެ އާންމުން ދިރިއުޅެމުްނދާ ތަންތަނަށްކަން ވަނީ ފާހަގަވެފައެވެ. އަދި ދާދި ފަހުން އިޒްރޭލު ސިފައިންގެ ޑޮކްޓަރުންގެ ހެދުން އަޅައިގެން ހޮސްޕިޓަލަކަށް ވަދެ ފަލަސްތީނުގެ ތިން މީހަކު ޝަހީދު ކޮށްލާފައިިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved