March 26, 2026
Advertisement
މޯލްޑިވްސް ޕޮލިސް ސަރވިސް
މޯލްޑިވްސް ޕޮލިސް ސަރވިސް / ސޯޝަލް މީޑިއާ

ސައްހަ ނޫން 500ރ. ދައުރުވަނީ!

Aishath Naja
އައިޝަތު ނަޖާ
Oct 31, 2024, 06:01 PM
މާލެ ސިޓީ

ސައްހަ ނޫން 500ރ. ދައުރުވާތީ އެކަމަށް އާންމުންނާއި ވިޔަފާރިތަކުން ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

Advertisement

ފުލުހުން ބުނީ ސައްހަ ނޫން 500ރ. ދައުރުވާތީ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ ސައްހަ ނޫން ފައިސާ ދައުރު ކުރަމުންދާކަން ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ލަސް ނުކޮށް އެ ހިދުމަތަށް އެންގުމަށް އެދިފަ އެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޮކްޓޯބަރު 29، ގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ދެ މީހުން ހައްޔަރުކޮށް، 500ރ. ގެ ސައްހަ ނޫން 24 ނޫޓު އަތުލައިގަނެފަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ވަނީ ޖަހާފަ އެވެ.

މި މަހު ކުރީ ކޮޅުގައި ވެސް ވަނީ ސައްހަ ނޫން ފައިސާ މާރުކޮށްގެން މީހަކު ހައްޔަރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved