March 26, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

ކަނަކު އަތްދަށުވިޔަސް ފަލާޙުގެ އޮޑީގެ ރިޔާ ދަށު ވެގެންނުވާނެ: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Nov 2, 2024, 04:56 PM
މާލެ ސިޓީ

ޕީއެންސީ ޕީޖީ ގުރޫޕްގެ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހަށް "ޓޮބާކޯ" ކިޔަން ނޭނގުމުން ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އޭނާ ވިދާޅުވީ މައްސަލައަކީ ފަލާހާ މިމަސައްކަތް ޙަވާލުކުރި މީހާގެ ބުއްދިހުރިގޮތްކަމަށެވެ.

މިއީ ހަރުގެތެރޭ އުޅުނު ނުކިޔަވާ ވަކަރުގޭ ކުދިންކަމަށާ ފަލާހު މޮޅީ އެހެން ކަހަލަ ކަންކަން ކުރަންކަމަށެވެ. މިސާލެއްގެ ގޮތުގައި ޑރ ޖަމީލް ވިދާޅުވީ ފަލާހް މޮޅީ ލަކުނޑިފެޅުން ފަދަ މަސައްކަތް ކުރުމަށްކަމަށެވެ.

ތައުލީމެއް ނެތް ނާގާބިލް މީހުން ގެންނަ ޓެކްސް ނިޒާމު އޮންނާނެ ގޮތް ތަޞައްވުރުކޮށްލެވުމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved