March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ޕީއެންއެފްގެ ފޯރިގަދަ ޖަލްސާއެއް މިރޭ ރައީސް ޔާމީންއާ އެކު!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 4, 2024, 05:56 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ އެ ޕާޓީގެ އޮފީހުގައި އޮންނާނެ ކަމަށް ހާމަކޮށްފިއެވެ.

Advertisement

މިކަމާ ގުޅިގެން މީޑިޔާތަކަށް ހިއްސާކުރި މެސެޖުގައި އެ ޕާޓީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ފްރޮންޓް އޮފީހުގައެވެ.

ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގެން އިންސާފުކޮށް ދެއްވާނެ ކަމަށާ އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved