May 1, 2026
Advertisement
އަލީ ޝާހު ޕީއެންއެފް އަދާހަމަ ޕްރޮގްރާމުގައި
އަލީ ޝާހު ޕީއެންއެފް އަދާހަމަ ޕްރޮގްރާމުގައި / ތޭރަ އޮންލައިން

ރައީސް ޔާމީންއަށް އިންސާފު ނުލިބުވާ ވުމަށް މުޅި ދިވެހި އުއްމަތް ކަރުނަ އަޅާ: އަލީ ޝާހު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 3, 2024, 01:12 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުދީ ލާސްކުރަމުން ދާ ދިއުން ކުށްވެރިކުރާ ކަމަށާ އެކަމަކީ މުޅި ދިވެހި އުއްމަތް ކަރުނަ އަޅާ ރޮމުން ގެންދާ މައްސަލައެއްކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން އަލަށް އުފައްދާ ޕާޓީ ޕީއެންއެފްގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާއަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ޝާހު މިފަދައިން ވިދާޅުވީ، ޗެނަލް13 އިން ގެނެސްދޭ ޕީއެންއެފް އަދާހަމަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދާ ހިލާފުވެފައިވާކަން ފާހަގަކުރައްވާ އެއީ މުނާފިގުންގެ ސިފައެއްކަން ހަނދާން އައުކޮށްދީފައެވެ. މީގެ އިތުރުން ޝާހު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ މިހާރު ވަރަށް ލަސްކޮށްފި ކަމަށާ އެއީ ސަރުކާރުގެ ތެރެއިން ފޯރުވަމުން ގެންދާ އިންތިހާ ނުފޫޒެއްގެ ސަބަބުން އެނގެން އެބައޮތް ކަމަށް ޝާހު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ނުނިމިވާ ވުމަކީ މުޅި ދިވެހި އުއްމަތް އެކަމަކާ ގުޅިގެން ކަރުއަޅާ ރޯކަމެއް. އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ އިސް ފަޑިއާ ހަމައަށްވެސް އެކަމާ އިއްތިފާގުވާ ކަމަށާ އެއީ ބޭއިންސާފުން ކުރަމުން ގެންދާކަމެއްކަން ހާމަވޭ.

ޝާހު

ޝާހު އިތުރަށް ވިދާޅުވީ، ޑރ މުއިއްޒުގެ ވެރިކަން މިއަދާ ހަމައަށް އައި އިރުވެސް ސަރުކާރުން އަދި ހުދު ޑރ މުއިއްޒުވެސް ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved