May 23, 2026
Advertisement
.
.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ނަސީރަށް ޖޭއެސްސީގެ މެންބަރުކަން

May 21, 2026, 11:44 AM

ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ އަލީ ނަސީރު ގާސިމަށް ޖޭއެސްސީގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ދީފި އެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ހެނދުނު، ރައީސް އޮފީހުގައި ބޭއްވި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފަ އެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ރަސްމިއްޔާތުގައި މުއިއްޒު ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރި ކަމުގެ ލިޔުން ނަސީރާ ހަވާލުކޮށްދެއްވާފަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވަނީ ޕޮލިސް ބޯޑުގެ މެންބަރުކަމަށް ވެސް އޭނާ އައްޔަންކުރައްވާފަ އެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ހިންގި އެތައް މިިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ބައިވެރިވި ކަމަށް އޭނާ އަށް ތުހުމަތު ކުރެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved