March 23, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މަލީހު ފަލާހަށް: ގާނޫނު އަސާސީ އަތަށް ނަގައި އިސްކޮޅަށް ވުރެ ދިގު ވާހަކަ ނުދައްކާ

Mariyam Isaadha
މަރިޔަމް އިސާދާ
Nov 4, 2024, 10:11 PM
މާލެ ސިޓީ

ގާނޫނު އަސާސީ އަތަށް ނަގައި އިސްކޮޅަށް ވުރެ ދިގު ވާހަކަ ނުދައްކަން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއަށް ގޮވާލައިފިއެވެ.

Advertisement

މަލީހު މިފަދައިން ގޮވާލާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ މެމްބަރު ފަލާހުގެ ނާޤާބިލުކަމުގެ ޒިންމާ ޕީއެންއެފްއިން ނަގަން ނުޖެހޭނެ ކަމަށާ ޤާނޫނު އަސާސީ އަތަށް ނަގާ ސިޔާސީ ޕާޓީތަކުގައި ތަޅުއަޅުވާ ވާހަކައަކީ ފަލާހުގެ އިސްކޮޅަށް ވުރެ ދިގު ނުރައްކާ ވާހަކައެއް ކަމަށެވެ. އަދި މަލީހު ވަނީ ޤާނޫނުތަކުގެ ތެރެއަށް ރުޖޫޢަވުމަށް ވެސް ފަލާހުއަށް ގޮވާލާފައެވެ.

މީގެ އިތުރުން މަލީހު ވަނީ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލާއި އެކު ފަލާހުވެސް ޓިއުޝަން ކްލާހަށް ވަޑައިގެން ޓިއުޝަން ނެގުމަށް ވެސް ގޮވާލާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ޕީއެންއެފް އުވާލުމަށް ފަލާހު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved