March 27, 2026
Advertisement
ނާޒިމް ވަނީ މަލީހަށް އިންޒާރުފީފައިކަމަށް އޭނާ ބުނެފައިވޭ
ނާޒިމް ވަނީ މަލީހަށް އިންޒާރުފީފައިކަމަށް އޭނާ ބުނެފައިވޭ / ތޭރަގްރެފިކްސް

ޕީއެމްއެފްގެ އެސްޖީއަށް އަނިޔާދޭނެކަމުގެ އިންޒާރު މަޖިލީހުގެ ނައިބު ދީފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 6, 2024, 08:59 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުއަށް އަނިޔާ ދޭނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ދީފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ، ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް ނާޒިމް އޭނާއަށް އަނިޔާ ދޭނެކަމުގެ އިންޒާރު ދިނުމަކީ އިންތިއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ދަށު ދަރަޖައިގެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ މަލީހު ވަނީ އޭނާއަކީ އެހެން ދައްކާ ބިރަށް ފަހަތަށް ޖެހޭނެ މީހެއް ނޫންކަން ނާޒިމަށް އެނގެން ވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މަލީހު އަނިޔާދޭނެކަމަށް ނާޒިމް އިންޒާރުދިނީ ކީއްވެގެން ކަމެއް މަލީހު ވިދާޅުވެފައިނުވެއެވެ.

މިކަމާ ގުޅިގެން ނާޒިމްގެ ބަހެއް ހޯދާލުމަށް މެސެުޖު ކުރުމުން ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved