March 29, 2026
Advertisement
ރައީސް ޔާމީންގެ ތަރައްގީ ރައީސް މުއިއްޒު އިގްތިތާހުކޮށްދެއްވަނީ
ރައީސް ޔާމީންގެ ތަރައްގީ ރައީސް މުއިއްޒު އިގްތިތާހުކޮށްދެއްވަނީ / ތޭރަގްރެފިކްސް

ރައީސް ޔާމީން ތަރައްގީ ކޮށްދެއްވި ފިއުލް ފާމްއާ ފިއުލް ހައިޑްރެންޓްސްތައް ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 8, 2024, 07:29 PM
މާލެ ސިޓީ

ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ތަރައްގީ ކޮށްދެއްވި ފިއުލް ފާމްއާ ފިއުލް ހައިޑްރެންޓްސްތައް ރައީސް މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.

Advertisement

މި މަޝްރޫއު އިފްތިތާހުކުރީ ބުރާސްފަތި ދުވަހު ހަވީރު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ.

ރައީސް ޔާމީން ޒައާމަތުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަށް ފަހު އެ އެއާޕޯޓު ރާއްޖޭގެ އިގްތިސާދުގެ "މައިބަދަ" އަށް ހެދުމުގެ ވިސްނުންފުޅުގައި އެމަނިކުފާނު އެކަން ފެއްޓެވީ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއްގެ ތެރެއިންނެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ފިއުލް ފާމް ތަރައްގީކޮށް ކުރިއަށްވުރެ ތިން ގުނަ އިތުރު އަދަދަކަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިގެންވަނީ ގޮސްފައެވެ. ކުރިން އެއާޕޯޓްގައި ހުރި މުޅި ފިއުލް ފާމްގެ ކެޕޭސިޓީއަކީ 15000 ޓަނު ނަމަވެސް ރައީސް ޔާމީން ގާއިމުކޮށްދެއްވި ފިއުލްފާމްއާ އެކު އެ ކެޕޭސިޓިވަނީ 45000 މެޓްރިކް ޓަނަށް އިތުރުވެފައެވެ. މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ގާބިލްކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫއެކެވެ.

ހަމައެއާ އެކު ގާއިމުކުރެވުނު ފިއުލް ހައިޑްރެންޓް ސިސްޓަމްގެ ތެރެއިން މަތިންދާ ބޯޓުތަކަށް ހޮޅިއެއް ގުޅައިގެން ތެޔޮ އެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިގެން ގޮސްފައެވެ. އެގޮތުން 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ގާއިމުކޮށްފައިވެއެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަރއެވެ.

ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާ އެކު ފައްޓަވާ ދެއްވި އަދި މި ސަރުކާރުގައި ރައީސް މުއިއްޒު މި ނިޒާމުގެ ސަބަބުން އެއާ ސައިޓުގައި އުޅަނދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެއެވެ.

މި މަޝްރޫއަކީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ވެސް ހިމެނޭ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުއަށް ލުއިލޯނުގެ ގޮތުގައި ޗައިނާ ސަރުކާރުން 400 މިލިއަނަށް ވުރެ ގިނަ ޑޮލަރު ރައީސް ޔާމީންގެ ޒައާމަތުގައި ހަމަޖައްސާދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved