March 29, 2026
Advertisement
މަލީހު ޕީއެންއެފް ޖަލްސާގައި
މަލީހު ޕީއެންއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ދޮގު ހެދުމާ ތެދު ހެދުމުގެ ތަފާތު މި ދަނީ ފެންނަމުން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 9, 2024, 12:32 AM
މާލެ ސިޓީ

ދޮގު ހެދުމާ ތެދު ހެދުމުގެ ތަފާތު މިއަދުގެ ސިޔާސީ މަސްރަހުން ފެންނަމުން ދާކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ދަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަަވަމުންނެވެ.

މަލީހު ވިދާޅުވީ ރައްޔިތުންގެ ލޯތްބާ މަގްބޫލުކަން ލިބޭނީ ތެދު ނިޔަތާ އެކު ރައްޔިތުންނަށް ޚިދުމަތްކޮށްދީ އަދި އެ ރައްޔިތުންގެ އަޑު ގާތުން އަހައިގެން ކަމަށާ ރައީސް ޔާމީންގެ މަގުބޫލުކަން އިތުވެފައިވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

މަލީހު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒަކީ މިއަދު ވެރިކަމުގެ އާރާ ބާރު އޮންނެވި ބޭފުޅާ ނަމަވެސް ރައީސް ޔާމީނާ ރައީސް މުއިއްޒާ ދެބޭފުޅުންގެ ދެމެދުގައި ރައްޔިތުންގެ މަގްބޫލުކަން އޮތް ބޭފުޅަކު، އެ ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ޓީވީ އިވެންޓްސްތަކުން އެކަނިވެސް ހާމަވާނެ ކަމަށެވެ.

މިއީ ޓެކްނޮލޮޖީގެ ޒަމާންކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ އެގޮތުން ރައީސް ޔާމީން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއު ފޭސްބުކްއިން އެކަނިވެސް އެތައް ލައްކަ ބަޔަކު ބެލިކަމަށާ ނަމަވެސް އާންމުކޮށް އެ ޓީވީގެ ޕްރޮގްރާމުތަކުގެ ވިއުސްގެ އަދަދާ ބަލާއިރު ތަފާތު ބޮޑު އައުޓުކަމްއެއް ކަމަށެވެ. އަދި އޭގެ ސަބަބަކީ ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކުގެ ހަގީގަތް ރައްޔިތުން ގަބޫލުކުރާތީ ކަމަށާ ދޮގާ ތެދުގެ ތަފާތު އެކަމުން އެކަނި ވެސް ފެންނަ ކަމަށެވެ.

ރައީސް ޔާމީން ޓީވީ ޕްރޮގްރާމުތަކުން ފެންނަން ފެށުމުން ވާދައަށް ފަށާ ހުރިހާ ޕްރޮގްރާމެއް މިދަނީ ތޮޅިއަށް. އަހާ މުއިއްޒު ޕްރޮގްރާމު ތޮޅިއަށް، ގަރުދިޔަ ޖަގަހައިގައި ދެ ރެޔަކު ޖަލްސާ ބޭއްވީ ތޮޅިއަށް، މުއިއްޒަށް ސުވާލު ފޮނުވުމުން ޖަވާބުދޭ ޕްރޮގްރާމުވެސް ހުއްޓިފައި. މި ސަރުކާރުން މިދަނީ ދޮގު ހެދުމުގަވެސް އިސްރާފުކުރަމުން.

މަލީހު

މަލީހު ވިދާޅުވީ ރައީސް ޔާމީން ދައްކަވާ އެއްވެސް ވާހަކައެއްގައި ސަރުކާރާ ޒާތީވެފައި ނުވާ ކަމަށަ ނަމަވެސް ރައީސް ޔާމީންގެ ކޮންމެ ސިޔަވަޅާއެކު މި ސަރުކާރަށް ސިހުން ގެނުވާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved