April 19, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

މުއިއްޒުއަކީ ވެރިކަން ކުރަން ނޭނގޭ ނުބައި ނުލަފާ މީހެއްކަން ސާބިތުވެއްޖެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 9, 2024, 04:44 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަކީ ވެރިކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސާބިތުވެއްޖެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ގައުމާ އަދި ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންނަށް ހެޔޮ ވެރިއެއް ނޫންކަން ހާމަވަމުންދާކަމަށާ އަދި ވެރިކަމަށް ކުފޫ ހަމަ ނުވާ ބޭފުޅެއްކަން ވެސް ހާމަވަމުންދާ ކަމަށެވެ. އަދި މަލީހުވަނީވެރިކަން ކުރަން ނޭނގޭ ބޭފުޅަކު ހުރެގެން ގައުމުވާނީ ހަލާކުކަން ފާހަގަކުރައްވާ ގައުމު ރައްޔިތުންނާ ހަވާލުކުރެއްވުމަށް ގޮވާލައްވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއްވާން ކުޑަ ދުވަސްކޮޅަކަށް ވެފައިޥާއިރު ގިނަ ރައްޔިތުން ބުނަމުންދަނީ އުއްމީދު ކުރިވަރުގެ ނަތީޖާއެއް އަހަރަކާ އަޅާ ބަލާއިރު މި ސަރުކާރަށް ދެއްކިފައި ނުވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved