March 13, 2026
Advertisement
ކުކުޅު ފިހާރަ
ކުކުޅު ފިހާރަ / ފޭސްބުކް

ކުކުޅު ފިހާރައިން ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 9, 2024, 08:35 PM
މާލެ ސިޓީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވިއްކަމުން އަންނަ ކުކުޅުގެ އަގު ވަރަށް ބޮޑަށް އަނެއްކާވެސް ހެޔޮކޮށްފި އެވެ.

Advertisement

މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ހިނގާ ކުންފުނީގެ ގޮތުގައި ފާހަގަކޮށްލެވޭ ކުކުޅު ފިހާރައިން މައުލޫމާތު ދޭގޮތުގައި މިހާރު 800 ގްރާމްގެ ކުކުޅު ކޭހެއް 345 ރުފިޔާއަށް ލިބޭނެއެވެ. 900 ގްރާމްގެ ކުކުޅު ކޭހެއް 408 ރުފިޔާއަށް އަގުހެޔޮކޮށްފައިވާއިރު، 1،000 ގްރާމްގެ ކުކުޅު ކޭހެއް 454 ރުފިޔާއަށް އަގުހެޔޮކޮށްފައިވާ ކަމަށް އެ ފިހާރައިން ވަނީ ބުނެފަ އެވެ.

އެގޮތުން:

  • 1،100 ގްރާމް ކޭސް: 498 ރުފިޔާއަށް
  • 1،200 ގްރާމް ކޭސް: 545 ރުފިޔާއަށް
  • 1،300 ގްރާމް ކޭސް: 590 ރުފިޔާއަށް
  • 1،400 ގްރާމް ކޭސް: 635 ރުފިޔާއަށް

ކުކުޅު ފިހާރަ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަހަ މީރު ޖީބަށް ލުއި ތާޒާ ތަފާތު އެއްޗެހި ފޯރުކޮށް ދިނުން ކަމަށްވާއިރު، އެ ފިހާރައިން ވިއްކާ މިފަަދަ ބާވަތްތަކުގެ އަގު ހެޔޮކޮށް ވިއްކުމާއެކު، އެ ފިހާރައިން ތަފާތު ޕްރޮމޯޝަންތައްވެސް ބާއްވައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެ އެވެ.

ކުކުޅު ފިހާރައަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.

އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved