ހަސީނާ ބަންގްލަދޭޝް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިންގެވި. އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ތުހުމަތައް ގިނަ / ސީ.އެން.އެން
ދުނިޔެ
ޝައިހު ހަސީނާ ހައްޔަރުކުރަން ރެޑް ނޯޓިސްއަކަށް އެދެނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ނޮވެމްބަރު 2024
މާލެ ސިޓީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހު ހަސީނާ ހިމެނޭހެން އޭނާގެ ސަރުކާރުގައި ހިމެނު ބޭފުޅުންގެ ތެރެއިން މިހާރު ފިލައިގެން އުޅޭ ލީޑަރުން ހޯދަން އިންޓަޕޮލްގެ "ރެޑް ނޯޓިސް" ނެރެދިނުމަށް އެދޭނެ ކަމަށް ބަންގްލަދޭޝް އިން ބުނެފިއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނީ ހަސީނާގެ އިތުރުން ރެޑް ނޯޓިސް ނެރެން ނިންމާފައި ވަނީ އެ ގައުމުގައި މިދިޔަ އޯގަސްޓުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ހިނގި ކަންތައްތަކަށް ޒިންމާވާ މީހުންނަށް ކަމަށެވެ.

ބަންގްލަދޭޝްގެ ވެރިކަން ވެއްޓުނީ މިދިޔަ ޖުލައިއިން ފެށިގެން ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެންނެވެ. އެގޮތުން ހަސީނާ ވަނީ އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރުައްވާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.

ޝައިހު ހަސީނާއަށް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ ބަންގުލަދޭޝްގެ މަދަރުސާ ދަރިވަރުން ކުރި މުޒާހަރާތަކެއްގެ ސަބަބުންނެވެ.

ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ. މި ހަމަނުޖެހުންތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ގަނޑުކޮށް މީހުން މެރުމަށް ރޭވި ކަމަށް ހަސީނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ކޯޓުން ދަނީ ބަލަމުންނެވެ.

ހަސީނާގެ ދަރިކަލުން ސަޖީބު ވަޒީދު ވިދާޅުވީ އޭނާގެ މަންމަ ހުންނެވީ ޝަރީއަތާ ކުރިމަތިލައްވަން ތައްޔާރަށް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved