March 28, 2026
Advertisement
ރައީސް ޔާމީން އަރިހުގައި އަބްދުއްރަހީމް
ރައީސް ޔާމީން އަރިހުގައި އަބްދުއްރަހީމް / ޕީޕީއެމް

ބުނި ބަސް ؛ ތަރައްގީގެ މާނަ, ރަދީފުން "ރައީސް ޔާމީން"އަށް ބަދަލުކުރަންޖެހޭ: އަދުރޭ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 14, 2024, 02:45 AM
މާލެ ސިޓީ

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 13 ޖަނަވަރީ 2019 ވަނަ ދުވަހު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކަފުޅަކަށެވެ.

Advertisement

ނޫސްވެރިންނާ ބައްދަލުކުރައްވައި އަދުރޭ ވިދާޅުވީ ތަރައްގީގެ ވާހަކަތައް ދައްކާނަމަ ރައްޔިތުންނަށް އެންމެ ފުރަތަމަ ވެސް ސިފަވާނީ ރައީސް ޔާމީން ކަމަށެވެ. އަދި ތަރައްގީއަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ތަރައްގީގެ ނަމުގައި އެއްވެސް ކަމެއް ކުރާތީ ނުފެންނަ ކަމަށާއި ފެންނަނީ ތަންތަނުގެ ނަން ބަދަލުކުރުން ފަދަ "ބޮޑެތި މަޝްރޫއު"ތައް ހިންގާތަން ކަމަށް، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ތަރައްގީ އަކީ ކޮބައިކަން ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމުގައި ދަސްކޮށްގެންނެވެ. އެއީ ހުޅުމާލެ ތަރައްގީކުރުމާއި ބްރިޖް އެޅުމާއި ނަރުދަމާއާ ބަނދަރު އެޅުން ފަދަ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

މި ވެރިކަމުގައި މިހާތަނަށް ރައްޔިތުން އުއްމީދުކުރި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިހާތަަނަށް ފެށިގެން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފާއިތުވި ދުވަސްތަކުން ރައްޔިތުންނަށް ފިލާވަޅެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަރައްގީއޭ ބުނީމަ އެ ބަސް ރަދީފުގައި ހިމަނާލާފައި ބާއްވަން މި ޖެހެނީ އެއީ ރައީސް ޔާމީން ކަމަށް،

އަދުރޭ

މިއީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭނެ ސަރުކާރެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓު
ކޮމެންޓްތައު
Muhamed
Nov 14, 2024, 12:10 PM
ތަރައްގީއޭ ބުނެފިނަމަ އެއީ ރައީސް ޔާމީން ސައްކެއް އޮތްކަމެއްނޫން.ރައީސް މައުމޫނުގެ ފަހުން މިގައުމަށް 5އަހަރުގެ ތެރޭ ތަރައްގީ ގެނަސްދިނީ ރައީސް ޔާމީން.އެއީ ގަބޫލުކުރަންޖެހޭ ހަގީގަތް ހިތި ބޭސް ބޯން އުދަގޫވިއަސް މިބޭސްވެސް ބޮއިގެން ހަޖަމް ކުރާށެ.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved