April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ހުރިހާ ވަޒީރުން ނިމިދިޔަ ސަރުކާރަށް ފާޑުކިޔުމުގައި

Aminath Zara
އައިމިނަތު ޒާރާ
Nov 14, 2024, 08:39 PM
މާލެ ސިޓީ

ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު މި ހިނގާ ނޮވެމްބަރު 17 ވަނަ ދުވަހު ފުރޭ އިރު މި ސަރުކާރުގެ ވަޒީރުން އަންނަނީ އެއް އަހަރުގެ މަސައްކަތްތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވުރެ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރުމުގައި ކަން ފާހަގަކުރެވިފައިވެއެވެ.

Advertisement

މިގޮތުން، ތަޢުލީމީ ދާއިރާއަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ މިދިޔަ ސަރުކާރުން ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް އަނިޔާވެރިވެފައިވުން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވާ އިރު އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ ސަރުކާރަށް ހިލޭ އެހީގެގޮތުގައި އެކި އެކި ބޭންކު ތަކުންނާއި ޖަމިއްޔާތައް އަދި ގައުމުތަކުން ލިބުނު 4 ބިލިއަންރުފިޔާއަށް ވީގޮތެއް ނޭނގޭކަމަށް ބުނެ އެ ފައިސާ ވީ ތަނެއް ބުނެދިނުމަށް ކުރީ ސަރުކާރަށް ގޮވާލާފައެވެ.

މިދިޔަ ސަރުކާރު ވަނީ ރާއްޖެ ދަރަނިވެރި ކޮށްލާފައި ކަމަށާއި، އެ ކަމުން އަރައިގަނެވޭން "މާސްޓަރ ޕްލޭން" އެއް އޮތް ކަމަށް އޭރު ރައީސް ޑރ މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ.

އެހެން ނަމަވެސް ވެރިކަމަށް ކުޑަ ދުވަސްކޮޅެއް ނުވަނީސް ދައުލަތުގެ ފައިސާ އެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންނަށް ލިބެމުންދިޔަ އިނާޔަތްތައް ކަނޑާލައި ޓެކްސް ބޮޑުކޮށް ރާއްޖެ އިހުސާސް ނުކުރާހާ ބޮޑު އިގްތިސާދީ ހީނަރުކަމަކަށް ގައުމު ވަނީ ގެންގޮސްފައެވެ.

ކަން މިހެން ހުރި އިރުވެސް އަމިއްލަ ނާގާބިލުކަން ނުވަތަ ވުޒާރާތަކާއި ގައުމު ހިންގުމުގެ ހުނަރު ނެތް އިރުވެސް އެކަން ގަބޫލުނުކޮށް މި ސަރުކާރުގެ ވެރިން އަންނަނީ އަދިވެސް ކުރީ ސަރުކާރުތަކަށް ފާޑުކިޔުމުގައި ވަގުތު ބޭކާރު ކުރަމުންނެވެ.

ބޮޑު މެނިފެސްޓޯއަކާއި "ބައްޕަގެ ފޮތް" ގާނޫނު އަސާސީއަށްވުރެ މަތިކޮށް ހިންގަމުން އަންނަ މި ވެރިކަމުގައި އަހަރެއް ފާއިތުވެގެން ދިޔައިރު ދިވެހިރާއްޖެއަށް ދުވަހަކުވެސް ލިބިފައިނުވާ ފަދަ ނިކަމެތިކަމެއް ލިބިގެން ވަނީ ގޮސްފައެވެ.

މި ވެރިކަން ގެނައުމަށް މަސައްކަތް ކުރެއްވި އެންމެންވެސް މިއަދު އެކަމާއި ހިތާމަ ކުރާ ކަން މީސްމީޑިޔާގެ އެކި މަންސަތަކުގައި ރައްޔިތުން ކުރަމުން އަންނަ ޕޯސްޓް ތަކުން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved