މެދުނުކެނޑި ހިންގާތާ 10 ވަރަކަށް އަހަރު ވެފައިވާ ޗަމްޕާ ސެންޓްރަލް ހޮޓަލު ބަންދުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން މާލޭގައި ހިންގާ އެ ހޮޓާ ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ހޮޓާ ބަންދުކުރުމަށް ފަހު އެ ކުންފުނިން ހާމަކުރި ސަބަބުގެ ގޮތުގައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ފަހުން އާންމު ކުރި ގަވާއިދުގެ ސަބަބުން އެ ހޮޓަލަށް ނުލިބޭ އާމްދަނީއެއް ޑޮލަރުގެ ގޮތުގައި މާރު ކުރަން ޖެހުމެއެވެ.
ކުރައުން އިން އިޝާރާތްކުރާ އެ ގަވާއިދުގައި ވާގޮތުން، ކެޓަގަރީ "އޭ"ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ. "އޭ" ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ.
ސެންޓްރަލް ހޮޓަލަކީ އާއްމުކޮށް އެއް ރެއަށް މަޑުކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ހިންގާ ޓްރާންސިޓް ހޮޓަލެކެވެ. އެ ތަނުގެ ރޫމެއް ރެއަކަށް ވިއްކަނީ 50 ޑޮލަރާއި 60 ޑޮލަރާ ދޭތެރޭ އަގެއްގައެވެ. ކެޓަގަރީ "އޭ"ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ.
"އޭ" ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ ހޮޓަލުން ފަތުރުވެރިންނަށް ހިދުމަތްދޭ މިންވަރަށް ބަލާއިރު އާ ގަވާއިދުގެ ދަށުން މަހެއްގެ މައްޗަށް ދެ ލައްކައެއްހާ ޑޮލަރު މާރު ކުރަން ޖެހެއެވެ. ނަމަވެސް އެއީ އާމްދަނީގެ ގޮތުގައި ނުލިބޭ މިންވަރުން ހޭދަކުރަން މަޖްރޫބުކުރުވާ އެއްޗެކެވެ.
ޑޮލަރު ޟާރުކުރަން މާރުކޮށް އެމްއެމްއޭއިން ގާވައިދެއް އެކުަލވާލައިގެން އުޅޭ މި ދުވަސްވަރުގައި ގިނަ ޓުއަރިސް ރިސޯޓު / ހޮޓާތަކުގެ ވެރިން ގެންދަނީ އެކަން ވާން ނެތް ކަމަށް ސަރުކާރަށް އަންގަމުންކަން ވަނީ ހާމަވެފައެވެ.