March 22, 2026
Advertisement
ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ / ފޭސްބުކް

ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 15, 2024, 05:52 PM
މާލެ ސިޓީ

އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

Advertisement

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، މަރުވެފައި އޮއްވައި ފެނުނީ ހަސަން ސުހައިލް، 43، އެވެ. އޭނާގެ ހަށިގަނޑު ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ.

ސުހެއިލް ވަނީ މިމަހުގެ 10 ވީ އާދިއްތަ ދުވަހު ފަތުރުވެރިއެއްގެ ގޮތުގައި އިންޑިއާއަށް ގޮސް، އާރްޓީ ނަގަރުގެ ހޮޓަލަކަށް ޗެކް-އިން ވެފައެވެ.

އިންޑިއާ ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ފަހުން އޭނާ ހޮޓަލުގެ ކޮޓަރިން ނުނިކުމެއެވެ. ބުދަ ދުވަހު އޭނާ ދޮރު ނުހުޅުވުމުން ހޮޓެލްގެ މުވައްޒަފުން ވަނީ ފުލުހުންގެ ހެލްޕްލައިންއަށް ގުޅާފައި ކަމަށާއި އެއަށްފަހު ފުލުހުންގެ ޓީމެއް ހޮޓަލަށް ގޮސް ސްޕެއާ ތަޅުދަނޑިއެއް ބޭނުންކޮށްގެން ކޮޓަރި ހުޅުވާފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ކޮޓަރިއަށް ވަން ވަގުތު ފެނުނީ ސުހެއިލް ހޭނެތިފައި އޮއްވައި ކަމަށެވެ. އޭނާއަށް އޮތީ ހޮޑުވެސް ލެވިފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މަރުގައި ޝައްކުތަކެއް ހުއްޓަސް ޕޯސްޓް މޯޓާމް ހެދުމާ މެދު އާއިލާއިން ގޮތެއް ނިންމަންދެން ހަށިގަނޑު ބާއްވާފައި އޮތީ ރަމާއިއާ ހޮސްޕިޓަލުގެ މޯޗަރީގަ އެވެ.

ސުހައިލް އެނބުރި ރާއްޖެ އަންނަން ޓިކެޓް ނަގާފައި އޮތީ މިއަދަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved