ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި ފޮރުވާފައި ހުރި ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އެ ގައުމުގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލާގައި، އިނގިރޭސިވިލާތުން ފޮނުވި ޕްރޮޓީން ސަޕްލިމެންޓް ކޮންޓެއިނަރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ތިން ކިލޯގެ މެފެޑްރޯން އަތުލައިގެންފައިވެއެވެ.
އެއީ ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ކަމަށް ބުނެފައިވެ އެވެ.
އެ މަސްތުވާތަކެތި އަތުލައިގަތީ ބެންކޮކްގެ ކޫރިއާ ފެސިލިޓީއަކުން ދިވެހި ފިރިހެނަކު އެ ޕެކޭޖު ނަގަން އުޅެނިކޮށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ހައްޔަރުކުރި ދިވެހި މީހާގެ އެއްވެސް ވަަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ. އެއީ މިކަމާ ގުޅުން ހުރި އެ ނެޓުވޯކާ ގުޅުން ހުރި އިތުރު މީހުން ހޯދަމުންދާތީ އާއި އަދިވެސް އިތުރު ޕެކޭޖުތަކެއް އުޅޭނެ ކަމަށް ބެލެވޭތީ ކަމަށް އެ ނޫސްތަކުގައި ލިޔެފައިވެ އެވެ.