ތައިލެންޑުގެ ބެންކޮކަށް ޕްރޮޓީން ސަޕްލިމެންޓް ފުޅިއެއްގައި ތިން ކިލޯގެ މެފްޑްރޯންއާ އެކު ދިވެއްސަކު ހައްޔަރުކޮށްފިކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.
ހައްޔަރުކުރި ދިވެހި މީހާގެ ނަމެއް މިހާތަނަށް ތައިލެންޑުގެ ފުލުހުން ހާމަ ކޮށްފައި ނުވާއިރު، ޑްރަގް ނެޓްވޯކުގައި ބައިވެރިވާ އިތުރު މީހުން ތިބިތޯ އަންނަނީ ބަލަމުންނެވެ.
ތައިލެންޑުގެ ނޫސްތަކުން ބުނީ އިނގިރޭސިވިލާތުން ފޮނުވި އެ ސަޕްލިމެންޓް ފުޅި ބެންކޮކަށް އެތެރެކުރީ ކުރިއާ މެދުވެރިކޮށް ކަމަށާއި ދިވެހި މީހާ ހައްޔަރުކުރީ އޭތި ބަލައި ދިޔަ ވަގުތު ކަމަށެވެ.
ބެންކޮކަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަ ކުރުމަށް ދާ ގައުމެކެވެ. އެ ގައުމުގައި ދިވެހިން ކުށް ކުރާ ނިސްބަތް ފަހަކަށް އައިސް ދަނީ އިތުރު ވަމުންނެވެ.