March 21, 2026
Advertisement
ރައީސް މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް، މަސްވެރިންގެ ގުންޒަރުގައި
ރައީސް މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް، މަސްވެރިންގެ ގުންޒަރުގައި / ޕީއެސްއެމް

މަސްވެރިކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް ބީކޭއެމްޔޫ ރައްދު!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 18, 2024, 09:03 PM
މާލެ ސިޓީ

މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ހާމަކޮށްފިއެވެ.

Advertisement

ބީކޭއެމްޔޫއިން މިފަދައިން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ސަރުކާރަށް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ މަސްވެރިކަމުގެ ދާއިރާއިން ކުރިއެރުންތައް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއްވި އިރު މިހާތަނަށް އައިއިރު އޭގެ ތެރެއިން ހާސިލު ކުރެވިފައިވަނީ މަދު މިންވަރެއްކަން ގިނަ ބަޔަކު ފާހަގަކުރަމުން ދެއެވެ.

ރައީސް މުއިއްޒުގެ އެ ވާހަކަތަކަށް ރައްދު ދެމުން ބޮޑު ކަންނެލި ޔޫނިއަނުން ބުނީ ސަރުކާރަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށެވެ.

އެގޮތުން މަސްވެރިންނަށްވީ ވައުދެއް ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށާ މަސްވެރިކަމުގެ ވުޒާރާއިން ފެންނަމުންދަނީ އަވަދިނެތި ސިޔާސީ މަސައްކަތުގައި އުޅޭތަން ކަމަށް ބުނެ ބީކޭއެމްޔޫއިން ނުރުހުން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން މަސްވެރިންނަށް ވީ ވައުދުތަކަކީ ވޯޓް ހޯދުމުގެ ބޭނުމުގައި ވީ ވައުދުތަކެއްކަން ޔަގީންވާކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved