April 15, 2026
Advertisement
ތޮއްޔިބް ޝަހީމް
ތޮއްޔިބް ޝަހީމް / ސޯޝަލް މީޑިއާ

ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަހެރިކުރެއްވުމަށްފަހު އެމްޑީޕީގެ ތޮއްޔިބަށްވެސް ވަޒީފާ!

Aishath Naja
އައިޝަތު ނަޖާ
Feb 4, 2024, 07:53 PM
މާލެ ސިޓީ

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި އަދި މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގައި އިސް މަގާމެއް ފުރުއްވި ތޮއްޔިބު ޝަހީމަށް ސްޓެލްކޯ އިން ވަޒީފާ ދީފިއެވެ.

Advertisement

ތޮއްޔިބަކީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޓުވިޓާގައި ސަރުކާރަށް ފާޑު ކިޔައި އުޅުނު އެކްޓިވިސްޓެއްކަން ފާހަގަކޮށްލެވެއެވެ.

މި ސަރުކާރުން ތޮއްޔިބަށް ސްޓެލްކޯ އިން ދިނީ ސާވިސް ސުޕަވައިޒަރުގެ މަގާމް ކަން ވަނީ ހާމަވެފައެވެ.

މުސާރައިގެ ގޮތުގައި 9،000 އާއި 14،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ އެ މަގާމަށް ތޮއްޔިބު ހޮވާފައިވަނީ ގެޒެޓްގައި ކުރި އިއުލާނަށް ކުރިމަތިލުމުން އިންޓަވިއު ކޮށްގެން ކަމަށް އެ ކުންފުނި ބުނިކަމުގައިވީ ނަމަވެސް ގިނަ ފަރާތްތަކުން އަންނަނީ މި ސަރުކާރުން އޭނާ އަށް ވަޒީފާ ތަނބަކަށް ލައިފައި ދިން ކަމަށް ބުނެ ތުހުމަތުތައް އަމާޒުކުރައްވަމުންނެވެ.

ތޮއްޔިބަށް ދިން ވަޒީފާގެ މައިގަނޑު ޒިންމާ އަކީ އިއުލާންގައިވާ ގޮތުން ސްޓެލްކޯގެ މަސައްކަތްތަކާ ގުޅިގެން މީޑިއާ އިން އެދޭ މައުލޫމާތު ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ހޯދައި، މީޑިއާތަކަށް ފޯރުކޮށްދިނުމާއި އިވެންޓްތަކުގެ ޚަބަރުތައް ދިވެހިންނާއި އިނގިރޭސި ބަހުން ތައްޔާރުކޮށް، ގަވާއިދުން މީޑިއާތަކަށް ފޯރުވައިދިނުމެވެ. އަދި ސްޓެލްކޯ އިން ހިއްސާކުރަން ބޭނުންވާ މައުލުމާތުތައް ސޯޝަލް މީޑިއާ ވަސީލަތްތަކުގައި ޕޯސްޓް ކުރުމާއި މޮނިޓާކުރުމަކީ ވެސް ތޮއްޔިބުގެ ޒިންމާއެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތޮއްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޕީޕީއެމް/ޕީއެންސީގައި ތިއްބެވި ގާބިލް ފަރާތްތަކަށް ވަޒީފާތައް ނުދެއްވާ އެމްޑީޕީގައި ރައީސް ޔާމިނަަށް ބަދުބަސް ބުނެ އުޅުނު ފަރާތްތަކަށް މި ސަރުކާރުން ވަޒީފާ ދެމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved