March 11, 2026
Advertisement
ފަލަސްތީނު ދިދަ ހިފައިގެން މުސްލިމުންތަކެއް
ފަލަސްތީނު ދިދަ ހިފައިގެން މުސްލިމުންތަކެއް

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 23،000 އާ ގާތްކޮށްފި

Fathmath Reem
ފާތުމަތު ރީމް
Jan 8, 2024, 04:17 PM

އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 23،000 އާ ގާތް ކޮށްފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވިޒާރާއިން ހާމަކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 22،835 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 9،600 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ބުނެފައިވަ ގޮތުގައި ޣައްޒާއަށް އެހީ ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށާއި އިސްރާއީލާ އެކު ވާހަކަ ދައްކާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން ޣައްޒާގެ އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލުން 600 ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިން ހޮސްޕިޓަލުން ނިކުތުމަށް މަޖުބޫރު ކުރުމަށްފަހު އޭގެ ފަހުން އެމީހުން ތިބި ތަން ނޭނގޭ ކަމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވަނީ ވިދާޅުވެފައެވެ.

އިސްރާއިލުން އަންނަނީ ފަަލަސްތީނަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތަކާ އެކު ޒަހަމްވެފައެވެ. އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވައިރު މުޅި ޣައްޒާގައި ބަނޑުހައި ހޫނުކަމުގައި ދިރިއުޅެން ވަނީ ރައްޔިތުންނަށް ޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved