May 3, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ރައީސް އިއްވި ރިޔާސީ ބަޔާނަކީ ދޯހަޅި ބަޔާނެއް: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Feb 5, 2024, 04:08 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްވި ރިޔާސީ ބަޔާނަކީ މިހާތަނަށް ވެރިޔަކު އިއްވި އެންމެ ދޯހަޅި ބަޔާން ކަމަށް ރައީސް ޔާމީން ގެ އިސްގާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

މިފަދައިން އެމަނިކުފާނު ވިދާޅުވީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރިޔާސީ ބަޔާނުގައި ހަރުކަށިކަން ހުންނެވި ކަމަށް ވެސް ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ދައްކަވަން ނުޖެހޭ އެތައް ވާހަކަތަކެއް ތަކުރާރުކޮށް ދެއްކެވިކަމަށްވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެ، ފާޑު އަމާޒުކުރައްވާފައެވެެ.

އޭގެއިތުރުންވެސް ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިސް ޖަލްސާގައި އިއްވި އިރު ޖަލްސާގައި ގިނައީ ހުސް ގޮޑި ތަކެއް ކަމުން އެމަނިކުފާނު ރިޔާސީ ބަޔާން އިއްވެވީ ހުސް ގޮޑި ތަކަށް ކަމަށް ވެސް ޑރ.ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފަައެވެ.

މިއަދު ހަގީގަތުގައި މި މޮޅުވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން މިއަދު އިއްވުމަށްޓަކައި ތައްޔާރީތައް ފެށިފައިވާއިރު ޖަލްސާ ބޮއިކޮޓް ކުރާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް ރިޔާސީ ބަޔާން އިއްވުމަށްފަހު ޖަލްސާ ވަނީ ނިންމާލާފައެވެ

ކޮމެންޓު
ކޮމެންޓްތައު
Hajam
Feb 5, 2024, 07:15 PM
Antharees vegen Kiyaane echcheh neyguneemaa thihen thibunee. Qaumu andhavalhakah vattaalaafai ovvaa e hurihaa kameh edhanee v avahahkan engeythee idhikolhu beyfulhunnah hajam nuvaane
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved