ހައިކޯޓް / ޖޭއެސްސީ
ހަބަރު
މާދަމާއިން ފެށިގެން އެއް މަހަށް ހައިކޯޓު ރިސެސްއަށް ދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ނޮވެމްބަރު 2024
މާލެ ސިޓީ

މާދަމާއިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ހައިކޯޓުން ރިސެސްއަށް ދިއުމަށް ނިންމައިފި އެވެ.

ހައިކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މިކަން ހާމަކޮށްފަ އެވެ. އަދި ރިސެސްގެ މުއްދަތުގައި ކުރަން ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަންކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން، މި މުއްދަތުގައި ބަލާނީ B12 ސެކްޝަނުން ބަލާ މައްސަލަތަކާއި، މޮނިކޮން އަމުރުތަކާއި، އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖުރާއީ އަމުރުތަކާއި އިއުތިރާޒާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތައް ކަމަށް އެ ކޯޓުން ބުންޏެވެ.

މީގެ އިތުރުން، ޝަރީއަތްތަކުގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއައްތައްވެސް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved