March 13, 2026
Advertisement
ރާއްޖެ އެތެރެކުރަން އުޅުން ނުވަ ލައްކަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުން ނުވަ ލައްކަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި / ކަސްޓަމްސް

ރާއްޖެ އެތެރެކުރަން އުޅުން ނުވަ ލައްކަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 2, 2024, 01:36 AM
މާލެ ސިޓީ

ރާއްޖެ އެތެރެކުރަން އުޅުނު 395 ކިލޯ ގުރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

Advertisement

ކަސްޓަމްސްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 395 ގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައި ވާކަމަށެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ އެ ޕެކޭޖު ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 395 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 987,500.00ރ. ކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ހިމެނޭ ފިރިހެނެއް ފުލުހުންނާ ހަވާލުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަން ވަނީ ފަށާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved