March 11, 2026
Advertisement
ސަރުކާރު ކުންފުޏި އެފްއެސްއެމް އިން ބޮޑު ވައްކަމެއް ކޮށްފި، މައްސަލަ ބަލަނީ
ސަރުކާރު ކުންފުޏި އެފްއެސްއެމް އިން ބޮޑު ވައްކަމެއް ކޮށްފި، މައްސަލަ ބަލަނީ / ޕީއެސްއެމް

ސަރުކާރު ތެޔޮކުންފުނިން ބޮޑު ވައްކަމެއް ކޮށްފި، މައްސަލަ ބަލަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 2, 2024, 04:34 AM
މާލެ ސިޓީ

ސަރުކާރު ތެޔޮކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފި އެވެ.

Advertisement

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުނާއި ދެ ގެ އަދި ތެޔޮއުފުލާ ދެ ބާޖު ބަލައިފާސްކޮށްފައި ވާކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާކަމަށް އެ ޕޯސްޓުގައި ވެއެވެ.

މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މައްސަލައާއިގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ،

އިހުސާން

އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފައި މިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ސުހައިލު, އެތެރޭގެ ހިންގުންތަކަށް ބޮޑު ބަދަލުތަކެއް ގެެނެސް ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކުރުމުން އޭނާ އާ ދެކޮޅަށް ކުންފުނިތެރޭ ބަޔަކު ފިތުނަ އުފައްދާ އޭނާ މަގާމުން އިސްތިއުފާވެސް ދީފައިވަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved