April 4, 2026
Advertisement
އެޕްރިލް މަހުގެ ތެރޭގައި ޕެތްރޯލު ލީޓަރެއް 30 ރުފިޔާއާ 40 ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެ!
އެޕްރިލް މަހުގެ ތެރޭގައި ޕެތްރޯލު ލީޓަރެއް 30 ރުފިޔާއާ 40 ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެ! / ސޯޝަލް މީޑިއާ

އެޕްރިލް މަހުގެ ތެރޭގައި ޕެޓްރޯލު ލީޓަރެއް 30 ރުފިޔާއާ 40 ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 3, 2026, 04:49 PM
މާލެ ސިޓީ

އެޕްރިލް (މިމަހު) މަހުގެ ތެރޭގައި ސަރުކާރުން ވިއްކާ ޕެޓްރޯލުގެ އަގު ބޮޑުކުރާނެކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ސަރުކާރުގެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ޗެނަލް13އަށް މައުލޫމާތު ދީފައިވާ ގޮތުގައި ކުރިންވެސް ތެލުގެ އަގު ބޮޑުކުރުމަށް ފަހު އަގު ހެޔޮ ކުރީ ސަރުކާރާ މެދު ރައްޔިތުން ނުުރުހުންވެ ކައުންސިލް އިންތިހާބުގައާ ރިފަރަންޑަމް ވޯޓުގައިވެސް ރައްޔިތުންގެ ތަރުހީބު ސަރުކާރަށް ނުލިބިދާނެތީއެވެ.

އޭރުވެސް ރައީސް މުހައްމަދު މުއިއްޒު، ގައުމުގެ ތެލުގެ ރިޒާވާ ގުޅިގެން ހެދީ ދޮގުކަމަށް ބުނެ އެ މުވައްޒަފު ބުނެފައިވަނީ އޭރުވެސް ގައުމުގައި ތެލުގެ އަގު 15 ދުޗަހުގެ ރިޒާވުވެސް ނެތް ކަމަށެވެ. އަދި މިފަހުން ގެނައި ތެލާއެކުވެސް ގައުމުގައި މަސް ދުވަހުގެ ރިޒާވުވެސް ބެއާރލީ ނުހުންނާނެ ކަމަށް އެ މުވައްޒަފު ވަނީ މައުލޫމާތު ދީފައެވެ.

އެހެންކަމުން އިންތިހާބަށް ފަހު ސަރުކާރު ކެންޑިޑޭޓުން ހޮވުނަސް ނުހޮވުނަސް ޕެޓްރޯލުގެ އަގު ބޮޑުކުރާނެ ކަމަށާ ބޮޑުކުރާނީ ލީޓަރެއްގެ އަގު 30 ރުފިޔާއާ 40 ރުފިޔާއާ ދެމެދުގެ އަގަކަށް ކަމަށްވެސް އެ މުވައްޒަފު ވަނީ މައުލޫމާތު ދީފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހޮރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރާއެކު ދުނިޔޭގެ އެކި ގައުމުތަކުން އެކަމާ މެދު ފިޔަވަޅުތައް އެޅި ނަމަވެސް ރާއްޖޭގެ ރައީސް ވިދާޅުވެފައިވަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރެއް ނެތް ކަމަށާ ދިވެހި ސަރުކާރުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved