2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިަމތިވި އާލަމީ ވަބާ، "ކޮވިޑް"ގައި ދިވެހި ރައްޔިތުން ނިކަމެތިނުވާ މިންވަރަށް މި ސަރުކާރުގައި ދިވެހީން ނިކަމެތިވެއްޖެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ މިހާރު ޤައުމު މިދާ ގޮތަށް ނަޒަރު ހިންގަވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ
އައްބާސް ވިދާޅުވީ މިހާރު ގައުމު މިސްރާބު ޖަހަމުންދާ ގޮތަށް ބަލާނަމަ ދިވެހި ދައުލަތް ބަގުރޫޓުވެ، ރައްޔިތުން ބަޑަށް ޖެހޭނެ ކަމަށެވެ. އަދި ހަރަދު ކުޑަކުރަން ހަމަ އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާތަނުގައި އެއް ދުވަހުން އަނެއް ދުވަހައް އެކި ބޭފުޅުނަށް ސިޔާސީ ވަޒީފާތައް ދެމުން ދާތަން ފެނިގެންމިދާކަމަށް ވިދާޅުވެފައިވެއެވެ.
މިހާރު ޤައުމު މިދާގޮތައް ދާނަމަ ދިވެހި ދައުލަތް ބަގުރޫޓުވެ،ރައްޔިތުން ބަޑައްޖެހޭނެ.ހަރަދު ކުޑަކުރަން ހަމައެއްވެސް ފިޔަވަޅެއް ނާޅާތަނުގައި އެއްދުވަހުން އަނެއްދުވަހައް އެކިބޭފުޅުން އަށް ސިޔާސީ ވަޒީފާތައް ދެމުން ދާތަން ފެނިގެންމިދަނީ..އިށީންނާނެ ގޮޑިއެއް މޭޒެއް ނެތި ކޮންމެ…
— Mohamed Abbas (@Abbasvelidhoo) December 4, 2024
މީގެ އިތުރުން އިށީންނާނެ ގޮޑިއެއް މޭޒެއް ނެތް ނަމަވެސް ކޮންމެ މިނިސްޓްރީ އެއްގައި އެތައް ބައިވަރު ސްޓޭޓް މިނިސްޓަރުންނާ، ޑެޕިއުޓީ މިނިސްޓަރުންނާ، ޕޮލިޓިކަލް ޑިރެކްޓަރުންނާ، ޑެޕިއުޓީ ޕޮލިޓިކަލް ޑިރެކްޓަރުން ފަދަ ސިޔާސީ މީހުން އެބަތިބިކަން ފާހަގަކުރައްވާ އައްބާސްގެ ޕޯސްޓުގައި ވަނީ އެއިން ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 25000 އިން ފެށިގެން 45000 ރެފިޔާގެ މުސާރަ ދެމުންދާ ކަމަށާ ދަޢުލަތުގެ އެކި ކުންފުނިތަކުން އެމީހަކަށް އަތުޖެހުނުގޮތަކަށް ބޮޑެތި ވައްކަންތައް ކުރަމުންދަދާކަމަށް ވެސް ވިދާޅުވެފައެވެ.
ހަމައެހެންމެ ކޮވިޑްގެ ހާލަތުގައިވެސް ރައްޔިތުން ނިކަމެތި ނުވާ ވަރަށް ރައްޔިތުންގެ އަތްމަތި ދަތިވެ، ދަރަނިވެރިވެ ނިކަމެތިވެފައިވާ ބޮޑު މަންޒަރު މިހާރު ފެނިގެން ދާ ކަމަށާ މަސްވެރިކަމުގެ ސިނާޢަތު ނެތިގެންދާއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވަނީ ފުޑިފައިކަމަށްވެސް އައްބާސްގެ ޕޯސްޓުގައި ވެއެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ދައުލަތުގެ މުއައްޒަފުންގެ މުސާރަ ދީފައި އެހެންކަމެއް ކުރާނެ ފައިސާއެއް ދައުލަތުގެ ހަޒާނާގައި ނެތްކަން މިއަދު ގަބޫލު ކުރަންޖެހެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ކަރަދު ބޮޑުވެ ދަރަނިވެސް ދައްކާނެ ގޮތެއް ނެތުމުން ރާއްޖޭގެ ކްރެޑިޓު ރޭޓިން މޫޑީސްއިން މަތި ނުކޮށް ހިފަހައްޓާފާއިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.