April 3, 2026
Advertisement
"ސައިބާ އެކްސްޕޯ" ގެ ބެންކިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ސޮއިކުރުން
"ސައިބާ އެކްސްޕޯ" ގެ ބެންކިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ސޮއިކުރުން / އެމްއައިބީ

ސައިބާ އެކްސްޕޯއަށް ބޭންކިން ޕާޓްނަރެއްގެ ގޮތުން އެމްއައިބީ ގުޅިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 10, 2024, 05:09 PM
މާލެ ސިޓީ

މި މަހު މޯލްޑިވްސް ޕޮލިސް ސާވިސްއިން ބާއްވާ "ސައިބާ އެކްސްޕޯ" ގެ ބެންކިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ސޮއިކޮށްފި އެވެ.

Advertisement

އަންނަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ސައިބާ ސެކިއުރިޓީއާ މެދު ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން ބާއްވާ މި އެކްސްޕޯގައި އެކަމާ ގުޅޭ މައުލޫމާތުތައް ދާއިރާގެ ތަޖުރިބާކާރުން ހިއްސާކުރާނެ އެވެ. އަދި އެކަމާ ގުޅޭ އެކި މައުލޫމާތުތައް ދޭނެ ސްޓޯލްތައް ހުންނާނެ އެވެ.

އެމްއައިބީގެ ސްޓޯލްއެއް ވެސް އެކްސްޕޯގައި ހިމެނޭއިރު، އެ ސްޓޯލްއިން އެމްއައިބީން ފޯރުކޮށްދޭ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން އަކީ ރައްކާތެރި ސަލާމަތީ ފިޔަވަޅު ވަރުގަދަ އެޕްލިކޭޝަނެކެވެ.

އެ ގޮތުން ޓޫ ފެކްޓާ އޯތެންޓިިކޭޝަންއާއި ބަޔޮމެޓްރިކް އަންލޮކިން ފަދަ ގިނަ ފީޗާތަކެއް އެމްއައިބީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕްގައި ހުރެ އެވެ.

ފުލުހުން ބާއްވާ ސައިބާ އެކްސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަ ސެކިއުރިޓީ އަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved