March 19, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ޖަނަވަރީ މަސް ނިމެންދާއިރުވެސް އޮކްޓޯބަރު މަހު ދޫކުރަން ބުނި ލޯންތައް އަދިވެސް ދޫކުރަން ނުފަށާ!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 19, 2025, 06:23 PM
މާލެ ސިޓީ

ޖަނަވަރީ މަސް ނިމެންދާއިރުވެސް އޮކްޓޯބަރު މަހު ދޫކުރަން ބުނި ލޯންތައް އަދިވެސް ދޫކުރަން ނުފަށާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ފަސް ޕަސަންޓުގެ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައެވެ.

ނަމަވެސް ފަސް ޕަސަންޓުގައި ހައުސިން ލޯނު ދޫކުރުމަށް "ހިޔާވެހި ފައިނޭންސް ސްކީމް" ސަރުކާރުން އިއުލާން ކުރީ ވެސް ނޮވެމްބަރު 5، ގައެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހައުސިން ލޯނު ސްކީމުގެ ގޮތުގައި ދެވިގެންދާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް "ހިޔާވެހި ފައިނޭންސް ސްކީމް"ގެ ދަށުން އެންމެ ލޯނެއްވެސް ދޫކޮށްފައިނުވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އިވެލުއޭޓް ކުރަން ލޯނު ދޫކުރަން ސޮއިކުރި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅާފައެއް ވެސް ނުވެއެވެ.

އެހެންކަމުން ސަރުކާރުން ކަންކަމަށް މަގު ފަހިކޮށްދިނުމުގައި ސަރުކާރުން ދަނީ އިހުމާލުވަމުން ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved